ޑިފެންސް މިނިސްޓްރީއަށް ބޭނުންވާ ދެ ޖެޓްސްކީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އެ މިނިސްޓްރީން އިޢުލާންކޮށްފިއެވެ.
މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނެފައިވަނީ ހޯދަމުން ދަނީ މުޅިން އައު، ކޮލިޓީ ރަނގަޅު ދެ ޖެޓްސްކީ ކަމަށެވެ.
މި ތަކެތި ސަޕްލައި ކޮށްދޭން ޝައުގުވެރިކަން ހުރި ފަރާތްތަކަށް ޖޫން 4، ގެ މެންދުރު 1:00 ގައި ޑިފެންސް މިނިސްޓްރީއަށް ގޮސް އަންދާސީ ހިސާބު ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
މިނިސްޓްރީން ބުނިގޮތުގައި، މި މަސައްކަތާ ގުޅޭ މަޢުލޫމާތު ޝީޓް ވަނީ ގެޒެޓުގައު އިޢުލާނާއެކު ޝާއިޢުކޮށްފައެވެ.
އަދި މަޢުލޫމާތު ޝީޓަށް އެއްވެސް ބަދަލެއް ގެންނަ ނަމަ، އެ ބަދަލެއް ހިމެނޭ މަޢުލޫމާތު ޝީޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ބުނީ، މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް tender@defence.gov.mv އަށް އީމެއިލް ކުރެވޭނެ ކަމަށެވެ.
އަދި ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު 13:00 އާ ދެމެދު 3327881 ނަންބަރަށް ގުޅައިގެންވެސް މަޢުލޫމާތު ސާފު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން ވެސް އެ މިނިސްޓްރީން މިއަދު ވަނީ ގިނަ އަދަދެއްގެ ތަކެތި ހޯދުމަށް އިއުލާން ކޮށްފައެވެ.
ޑިފެންސުން ހޯދަން އިއުލާން ކޮށްފައިވާ ތަކެތި:
- އިންޓަރެކްޓިވް ސްމާޓް ބޯޑަކާއި ސައުންޑް ސިސްޓަމެއް
- 10 ސައިކަލު
- ޓީވީ ތަކެއް (ވަކި އަދަދެއް ބުނެފައެއް ނުވޭ)
- 25 ލެޕްޓޮޕް
- ކަނޑު އުޅަނދުތަކެއްގައި ހަރުކުރުމަށް ރާޑަރު ސިސްޓަމްތަކަކާއި އެކްސަސަރީސް
- ލައިފްޖެކެޓު



