ހުވަދު އަތޮޅު ދެކުނުބުރީ މަޑަވެލި އަދި ހޯޑެއްދޫއަށް މިއަދު ވަރަށް ބޮޑަށް އުދަ އަރައިފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ މިނިސްޓަރު، އާދަމް ޝަރީފް އުމަރު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނީ، ގދ. އަތޮޅުގެ ބައެއް ރަށްރަށަށް މި ދުވަސްވަރު ދަނީ އުދައަރަމުން ކަމަށެވެ.
އެގޮތުން ހޯނޑެއްދޫއާއި މަޑަވެއްޔަަށް މިއަދު ވެސް ވަރަށް ބޮޑަށް އުދައަރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އުދަ އެރުމާއި ގުޅިގެން ކައުންސިލުން މިވަގުތު ކުރެވެން ހުރި މަސައްކަތްތައް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގދ. އަތޮޅުގެ ބައެއް ރަށްރަށަށް މި ދުވަސްވަރު ދަނީ އުދައަރަމުން. ހޯނޑެއްދޫއާއި މަޑަވެއްޔަަށް މިއަދު ވެސް ވަރަށް ބޮޑަށް އުދައަރަމުން އެބަދޭ. ކައުންސިލުން ގެންދަނީ މިވަގުތަަށް ކުރެވެންހުރި މަސައްކަތް ކުރަމުން. pic.twitter.com/0kIgdRdLQj
— Adam Shareef Umar (@Adamshareefz) May 29, 2025
މޫސުން ގޯސްވެ މެޓް އޮފީހުން މިރޭ ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލުވެސް ނެރެފަ އެވެ. މި ސަމާލު ނެރެފައިވަނީ މިރޭ 11:30 އާއި ހަމައަށެވެ.
އެލާޓް ނެރެފައިވާ ވަގުތުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުން ފެށި އެކި ހިސާބަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ މޫސުމަށް ސަމާލުވާން މެޓުން އިލްތިމާސްކުރެއެވެ.



