ހުޅުމާލޭގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި މާރާމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 20:20 ހާއިރު ކަމަށެވެ.
ފުލުހުން ބުނިގޮތުގައި މި މާރާމާރީ ހިންގާފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލް ކައިރީ ހުންނަ އޮމްލެޓް ހޮޮޓާ ކައިރީގައި ދެ ދިވެހިންގެ ދެމެދުގައެވެ.
މާރާމާރީގައި އެކެއްގެ ނޭފަތް މަތި ފަޅާލާފައިވާއިރު އަނެކަކަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައިނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.




