މިއަހަރުގެ ބޮޑު ޢީދުގައި 65 ރަށެއްގައި ޢީދު ލައިޓް ދިއްލާނެކަމަށް ބެލެވޭ ކަމަށް ލޯކަލްސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރ ޝަރީފް ވިދާޅުވި ގޮތުގައި، މިއީ 1445 ވަނަ އަހަރު ޢީދު ލައިޓް ފޮނުވި 29 ރަށާއި 1446 ވަނަ އަހަރު ޢީދު ލައިޓް ފޮނުވި 36 ރަށް ހިމެނޭ ގޮތުންނެވެ. މި ރަށްތަކުގައި ޢީދު ލައިޓް ދިއްލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.
ޢީދު ލައިޓް ދިއްލުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައިހއ. އިހަވަންދޫއާއި، ހއ. ހޯރަފުއްޓާއި، ހދ. ހަނިމާދޫއާއި، ހދ. ނޮޅިވަރަމާއި، ށ. މިލަންދޫއާއި، ށ. ފޯކައިދޫ ނ. ވެލިދޫ، ނ. ހޮޅުދޫ، ރ. ދުވާފަރު، ރ. އަލިފުށި، ބ. ތުޅާދޫ، ބ. ހިތާދޫ، ޅ. ހިންނަވަރު، ޅ. ކުރެންދޫ ހިމެނެއެވެ.
އަދި ކ. ކާށިދޫ، ކ. މާފުށި، އއ. ތޮއްޑޫ، އއ. އުކުޅަސް، އދ. މާމިގިލި، އދ. ދަނގެތި، ވ. ކެޔޮދޫ، ވ. ފުލިދޫ، މ. މުލައް، މ. ކޮޅުފުށި، ފ. ބިލެއްދޫ، ދ. މީދޫ، ދ. މާއެނބޫދޫ ހިމެނެއެވެ.
މީގެ އިތުރުން، ތ. ތިމަރަފުށި، ތ. ވިލިފުށި، ލ. ގަން، ލ. މާވަށް، ގއ. ދާންދޫ، ގއ. ގެމަނަފުށި، ގދ. ގައްދޫ އަދި ގދ. މަޑަވެލިވެސް ހިމެނެއެވެ.
މިއަހަރުގެ ބޮޑު އީދު ދުވަހަކީ ޖޫން 6 ވާ ހުކުރު ދުވަހެވެ.




1 Comment
މިދިޔަ ފަހަރުވެސް ދިއްލި ހުރިހާ ރަށެއް އެބަ ހިމެނޭ މިހާރު. ބޮޑެތި އާބާދީ އިން ވޯޓް ހޯދަން ކުރާ ކަމެއްތީ