ބަންޑާރަ ކޮށީގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.
މީޑިއާތަކަށް ފުލުހުން މިރޭ ފޮނުވި މެސެޖެއްގައި ބުނީ، ބަންޑާރަ ކޮށީގައި މިރޭ މީހަކު ނިޔާވެފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅި ތަހުގީގު ކުރަމުންދާ ކަމަަށެވެ.
ފުލުހުން ބުނީ ނިޔާވެފައި ވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެމީހާ ނިޔާވެފައި އޮއްވާ ފެނިފައިވަނީ ސިފައިންގެ މަރުކަޒުގެ ފާހާނާތެރޭގައި ކަމަށް ވެ އެވެ.
ނިޔާވި ގޮތާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.




