މިއަހަރުގެ އަޟްޙާ ޢީދު ނަމާދު، މާލޭގެ 4 ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގެ އިތުރުން 24 މިސްކިތެއްގައި ކުރާގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސަވައިފިއެވެ.
މިނިސްޓްރީން ބުނީ، ބޮޑު ޖަމާޢަތުގައި ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލޭ ފުޓްބޯޅަދަނޑު، ހުޅުމާލޭގެ ސްޓޭޑިއަމް އަދި ހުޅުމާލެ ފޭސް ދޭއްގެ ކުރިކެޓް ސްޓޭޑިއަމް ބިމުގައި ކަމަށެވެ.
މާލޭގައި ޢީދު ނަމާދުކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް
މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް
މަސްޖިދު މަލިކި ސަލްމާން
މަސްޖިދުއް ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ
މަސްޖިދުލް ފުރްޤާން
މަސްޖިދުއް ނޫރު
މަސްޖިދުއް ޝަހީދު ޢަލީ
މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން
މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް
މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން
މަސްޖިދު ޞަލާޙުއްދީން
މަސްޖިދު ޖަލާލުއްދީން
މަސްޖިދު އިބްރާހީމް (އިބްރާހީމީ މިސްކިތް)
މަސްޖިދު އިސްކަންދަރު
ވަގުތީ މިސްކިތް (ބޮޑުގެ)
މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން
މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލްދީދީ
މަސްޖިދު ޢަފީފުއްދީން
ޒިޔާރަތް މިސްކިތް
ވިިލިމާލޭގައި ޢީދު ނަމާދުކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުލް ބިއްރިގައިއެވެ.
ހުޅުމާލޭގައި ޢީދު ނަމާދުކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް
މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ)
ހުޅުމާލެ ވަގުތީ މިސްކިތް (ނޭބަރހުޑް 3)
މަސްޖިދު އަބީބަކްރިނިއް ޞިއްދީޤު (ހުޅުމާލެ ފޭސް 2)
މަސްޖިދު ޢުޘްމާނު ބިން ޢައްފާން (ހުޅުމާލެ ފޭސް 2)
މަސްޖިދު އަމީލް ޖަލީލް (ހުޅުމާލެ ފޭސް 2)
ހުޅުލޭގައި ޢީދު ނަމާދުކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް
މަސްޖިދުއް ސަބީލް (ހުޅުލެ)
މަސްޖިދުލް އިންތިޞާރު (ހުޅުލެ)
މޫސުން ގޯސްވެއްޖެ ހާލަތެއްގައި ބޮޑު ޖަމާޢަތް ނުބޭއްވޭނަމަ، މާލެ ސަރަހައްދުގެ ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި ޢީދު ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
އަޟްޙާ ޢީދު ދުވަހު ނަމާދު ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ.
މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ 2025 ޖޫން 6 ވާ ހުކުރު ދުވަހެވެ.




