މާދަމާ ފާހަގަކުރާ އަޟްހާ އީދާ ދިމާކޮށް، ގާޒާގެ ރައްޔިތުންނަށް ސަދަގާތް ކުރުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސްއިން ފަހިކޮށްދީފިއެވެ.
މި ފުރުސަތުގެ ދަށުން، އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ގާޒާގެ ރައްޔިތުންނަށް ކޯންޑް ބީފް ދަޅު ހަދިޔާ ކުރެވޭނެއެވެ.
އުރީދޫގެ އެމް-ފައިސާ އެކައުންޓް ނަންބަރު 9306501 އަށް 162 ރުފިޔާ ޖަމާކޮށްގެން މި ސަދަގާތުގައި ބައިވެރިވެވޭނެއެވެ. އެމް-ފައިސާ މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެންވެސް ވަގުތުން މި ސަދަގާތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
This Eid, your Sadaqah can make a real difference.
For just MVR 162, donate a can of protein-rich meat to families in Gaza, Palestine.
It’s simple, impactful, and just a few taps away on #mFaisaa.
To register to m-Faisaa, download 👉 https://t.co/XgVUPes98t@IACMaldives pic.twitter.com/ftkzgKNsLi— Ooredoo Maldives (@OoredooMaldives) June 2, 2025
މި އިންސާނީ އެހީތެރިކަމުގެ މަސައްކަތް ކުރިއަށްދާނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) މެދުވެރިކޮށެވެ.
އުރީދޫން ބުނީ، ވީހާވެސް ގިނަ ބަޔަކު ގާޒާގެ ރައްޔިތުންނަށް ސަދަގާތް ކުރުމުގެ ދައުވަތު ދޭކަމަށެވެ.
އިސްރާއީލުން ދެމުން ގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އާބާދީގެ ބޮޑު ބައެއް ހާލުގައި ޖެހި، ކާބޯތަކެއްޗާއި ބޭސްފަރުވާގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.
އދ. އިން ވަނީ ޣައްޒާގެ އުތުރު ސަރަހައްދުގައި ބަނޑުހައިހޫނުކަމުގެ ހާލަތު އޮތް ކަމަށް ބުނެފައެވެ.




