އީދު ދުވަހު އެމްޓީސީސީ ބަސް އަދި ފެރީގެ ހިދުމަތްތައް ފަށާނެ ގަޑިތައް އިއުލާންކޮށްފިއެވެ.
އެމްޓީސީސީއިން ބުނީ، އީދު ދުވަހު ވިލިމާލެ ބަސް ހިދުމަތުގެ ދަތުރުތައް 6:00 އިން ފެށިގެން 8:00 އަށް މެދުކަނޑާލާނެ ކަމަށެެވެ.
އަދި ގްރޭޓާ މާލެ ބަސް ހިދުމަތުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 އިން ފެށިގެންނެވެ.
ނަމަވެސް ދަތުރުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އީދު ނަމާދުގެ ކުރިން މާލެ، ހުޅުމާލެ ފޭސް އެކެއް އަދި ދޭކުން އެއާޕޯޓަށް 5:30 އަދި 6:00 ގައި ބަސްތައް ދަތުރުކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
ފެރީގެ ހިދުމަތްތައް ފަށާނެ ގަޑިތައް:
-މާލެ – ތިލަފުށި : ހެނދުނު 8:30
-ތިލަފުށި – މާލެ : ހެނދުނު 9:00
-ހުޅުމާލެ – މާލެ : މެންދުރު 14:00
-މާލެ – ހުޅުމާލެ: މެންުދުރު 14:30
އެމްޓީސީސީން ބުނިގޮތުގައި، މާލެ އާއި ވިލިމާލެ އާ ދޭތެރޭގައި އީދު ނަމާދުގެ ކުރިން އެންމެ ފަހު ފެރީ އޮންނާނީ 6:30 ގައެވެ.
ދެން ފެރީގެ ހިދުމަތް ހެނދުނު 8:00 ޖަހާއިރު އަލުން ފަށާނެެެއެވެ.




