ދިވެހި ޙައްޖުވެރިން މަޝާއިރުގެ ކަންކަން ނިންމައި، މައްކާއަށް ދިއުމަށް ދަތުރުފަށާފައިވާ ކަމަށް ދިވެހި ހައްޖު މިޝަނުން ބުނެފިއެވެ.
މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ހައްޖު މިޝަނުން ބުނީ، ދިވެހި ޙައްޖާޖީން މިނާ ޓެންޓުގައި ތިބުމަށް ފަހު، މައްކާ ގަޑިން 11:30ގައި ވަނީ ޖަމްރާތަކަށް ހިލަ އުކުމުގެ ކަންކަން ނިންމާފައި ކަމަށެވެ.
”ދިވެހި ޙައްޖުވެރިން މަޝާއިރުގެ ކަންކަން ނިންމާފައި މިހާރު ދަތުރުކުރަމުންދަނީ މައްކާއަށް ދިއުމަށް.“ ހައްޖު މިޝަނުނުން ބުންޏެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ދިވެހި ޙައްޖާޖީންގެ ހާލު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ރޭ ވަނީ ބައްލަވާލައިފައެވެ.
މިނިސްޓަރު އަދި މި ވަގުތު މައްކާގައި ތިއްބެވި މިނިސްޓަރުންގެ ޓީމުން މިނާ ޓެންޓަށް ރޭގައި ޒިޔާރަތް ކުރެއްވި އިރު، އެ ޓީމުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޚް މުޙައްމަދު ލަޠީފް ހިމެނިވަޑައިގެންނެވިއެވެ.
އެ ޒިޔާރަތުގައި އެ ޓީމުން ޙައްޖުވެރިންނާއި ޙައްޖު ކޯޕަރޭޝަން އަދި މުޠައްވިފްގެ ބޭފުޅުންނާ ބައްދަލު ކުރެއްވި އެވެ.


