ބޮލީވުޑްގެ ބަތަލާ ކަރިޝްމާ ކަޕޫރްގެ ކުރީގެ ފިރިމީހާ، ކަމަށްވާ ސަންޖޭ ކަޕޫރް މަރުވެއްޖެ އެވެ.
މީޑިއާ ރިޕޯޓުތަކުން ހާމަކޮށްފައިވާ ގޮތުގައި ސޯނާ ކޮމްސްޓާ ލިމިޓެޑްގެ ޗެއާމަންގެ މަގާމުގައި ހުރި 53 އަހަރުގެ ސަންޖޭ މަރުވެފައިވަނީ ޕޯލޯ މެޗެއް ކުޅެން އުޅުނު ވަގުތު ހާޓް އެޓޭކެއް ޖެހިގެން އިނގިރޭސިވިލާތުގައެވެ.
އިންޑިއާގެ އެންމެ ނުފޫޒުގަދަ ފިލްމީ އާއިލާ ކަމަށްވާ ކަޕޫރް ޙާންދާނަށް ނިސްބަތްވާ ކަރިޝްމާ އާއި ސަންޖޭ ކައިވެނިކުރީ 2003 ވަނަ އަހަރު އެވެ. އެ ދެމަފިރިންނަށް ދެ ދަރިން ލިބިފައިވާއިރު، އެއީ މިހާރު އުމުރުން 20 އަހަރުގެ ސަމައިރާ ކަޕޫރް އާއި 15 އަހަރުގެ ކިއާން ރާޖް ކަޕޫރެވެ.
ނަމަވެސް، ސަންޖޭގެ ފަރާތުން ކަރިޝްމާއަށް އަނިޔާ ލިބެމުންދިޔަ ކަމަށް ބުނެ، އެތައް މައްސަލަތަކަކާ ގުޅިގެން 2016 ވަނަ އަހަރު އެ ދެމަފިރިން ވަރިވި އެވެ.
އޭގެ ފަހުން ސަންޖޭ ވަނީ ޕްރިޔާ ސަޗްދޭވްއާ އިނދެ، އެ ކައިވެނިވެސް ރޫޅިފައެވެ.
ނިއު ދިއްލީއަށް ނިސްބަތްވާ ވިޔަފާރިވެރިއެއް ކަމަށްވާ ސަންޖޭގެ ހަޔާތް ނިމުމަކަށް އައިއިރު، އޭނާގެ ކުރީގެ އަނބިމީހާ ކަރިޝްމާ ދިރިއުޅެމުން ގެންދަނީ ހުސްހަށި ބަޔަށެވެ.




