ނ.ހޮޅުދޫގެ މަގު ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.
އެ މަޝްރޫއުގެ ކޮންޓްރެކްޓަރު، އާރްޑީސީން ބުނީ، ނ. ހޮޅުދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރެވެމުން ދަނީ މޫސާކަލޭފާނު މަގުގައި ކޭބަލް ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތް ކަމަށެވެ.
އަދި ހޮޅުދޫ ޗާންދަނީ މަގުގައި ޓްރީޕިޓް ބެހެއްޓުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އާރްޑީސީން ބުނެފައިވެއެވެ.

ތާރު އަޅައިގެން ނ. ހޮޅުދޫގެ މަގުތައް ހަދަން އާރުޑީސީއާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އޮކްޓޯބަރު 2022ގައެވެ.
ޕްލޭނިން މިނިސްޓްރީން އޭރު ބުނީ 71 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ހޮޅުދޫގެ 3.4 ކިލޯމީޓަރު މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް ތާރު އަޅައި އަދި މަގު ބައްތި ވެސް ހަރުކުރާނެ ކަމަށެވެ.
ނަމަވެސް މަޝްރޫއުގެ ވަކި ހިސާބަކުން އެ މަޝްރޫއުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.
އެހެންވެ މި ސަރުކާރުގައި މިދިޔަ ޑިސެމްބަރު މަހު އާރުޑީސީން ވަނީ ހޮޅުދޫ މަގުތައް ހެދުމުގެ މަސައްކަތް އަލުން ފަށައިފަ އެވެ.


