ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ދެމީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މިދެމީހުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މި ދެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން ކަމަށެވެ.
މިއަމުރާ ގުޅިގެން ހޯދަމުންދަނީ އަލިވާގެ / ގއ.ދާންދޫ، އަމްޖަދު ޢަބްދުﷲ (45އ) އާއި އަތަމާގެ / ތ.ވިލުފުށި، ސާމިޔާ މުޙައްމަދު (57އ) އެވެ.
ފުލުހުން ބުނިގޮތުގައި އަމްޖަދު ޢަބްދުﷲ އާއި ސާމިޔާ މުޙައްމަދު ހޯދަމުންދަނީ އެދެމީހުންގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2025 ޖޫން 18 ވަނަ ދުވަހުގެ 10:30 އަށް ސާމިޔާ މުޙައްމަދު އަދި އެ ދުވަހުގެ 11:00 އަށް އަމްޖަދު ޢަބްދުﷲ ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
މި ދެމީހުންނާއި އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.
އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.



