ހަބަރު ކިޔަމުން ދަނިކޮށް އީރާންގެ ދައުލަތުގެ ޓީވީ އާއި ރޭޑިއޯ ސްޓޭޝަނަށް ހަމަލާދީފިއެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި މިހަމަލާގައި އީރާންގެ ޓީވީއާއީ ރޭޑިއޯސްޓޭޝަންގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ޝަހީދުކޮށްލައިފައެވެ.
ފޫޓޭޖްތަކުން ފެންނަނީ ހަމަލާ ދިން ވަގުތުކޮޅެވެ. އެވަގުތު ގޮވުންތައް ގޮވުމުން ޚަބަރު ކިޔަން އިން އަންހެން މީހާ ގޮނޑިން ތެދުވެގެން ދެއެވެ.
އަދި އެއަށްފަހު އެންމެން ﷲ އަކްބަރް ގޮވާ އަޑު އިވުމަށްފަހު، ސިގްނަލް ކެނޑެއެވެ.
💔🇮🇷 THIS IS INSANE — Iranian media just got BOMBED BY ISRAEL LIVE ON TV
❌🇮🇱 ISRAEL IS A TERRORIST STATE! pic.twitter.com/1EOvq1GSqj
— Iran Military (@IranMilitary__) June 16, 2025
އިސްރާއީލުގެ ވައިގެ ސިފައިން ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ތެހެރާނުގައި ހުންނަ އީރާނުގެ ދައުލަތުގެ ބްރޯޑްކާސްޓަރު އައިއާރުބީގެ އޮފީސްތަކަށްވެސް ބޮން އަޅާފައެވެ.
މީގެ ކުރިން އައިއާރުބީގެ މައި އޮފީސް ކައިރީގައި އުޅޭ މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އީރާން މިލިޓަރީއިން ވަނީ އަންގައިފައެވެ.



