ހައްވާ ޔުމްނު އުސް އިމާރާތަކުން ވެއްޓުނު މައްސަލައިގެ ހަގީގަތް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި އިންކްއަރީ ކޮމިޝަންގެ ރިޕޯޓް އާންމުކޮށްފި އެވެ.
މި ރިޕޯޓް މިއަދު ހެނދުނު ރައީސްއަށް ހުށަހެޅުމާ އެކު، އެ މަނިކުފާނު ވަނީ ރިޕޯޓް ލަސްނުކޮށް އާންމުކުރުމަށް އަންގަވާފައެވެ. އެ އެންގެވުމާ އެއްގޮތަށް މިހާރު ވަނީ ރިޕޯޓް އާންމު ކުރެވިފައެވެ.
މި ރިޕޯޓް ރައީސް އޮފީހުގެ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އަދި ރިޕޯޓް ބެލުމަށް ޝައުގުވެރިވާ ފަރާތްތަކަށް presidency.gov.mv/Pages/dv/297 އިން ރިޕޯޓް ބަލައި، ޕީޑީއެފް ފޯމެޓްގައި ޑައުންލޯޑް ކުރެވޭނެއެވެ.




