މާލެއިން 18 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އަންހެން ކުއްޖާ ގެއްލިގެން ފޭސްބުކްގައި ޖަހާފައިވާ ޕޯސްޓެއްގައި ބުނީ، ޢާއިޝަތު ލަމްޔާ ނަމަކަށް ކިޔާ މި އަންހެން ކުއްޖާ ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރެވެމުން ދާ ކަމަށެވެ.
ޕޯސްޓުގައި ބުނެފައިވާ ގޮތުގައި އެ ކުއްޖާ އެންމެ ފަހުން ފެނިފައިވަނީ ރޭ 9:30 ހާއިރު މައްޗަންގޯޅި ސަހަރާ ކަންމަތީ ދިލްބަހާރުމަގުންނެވެ.
ލަމްޔާ ގެއިން ނުކުމެފައިވަނީ ރޭ 8:30 ހާއިރު ކަމަށާއި، އޭނާ ގެއިން ނުކުތްއިރު ލައިގެން ހުރީ ކަޅު ޖީންސް އަކާއި ހުދު ޓީޝާޓެއް ކަމަށް ޕޯސްޓުގައި ބުނެފައިވެއެވެ.

އަދި އަޅައިގެން ހުރީ ކަޅު ޝޯލްއެއް ކަމަށާއި، އަރައިގެން ހުރީ ހުދު ފައިވާނަކަށް ކަމަށް ޕޯސްޓުގައި ބުންޏެވެ.
އަދި ލަމްޔާ ފެނިއްޖެ ނަމަ ނުވަތަ ލަމްޔާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 9661230 ނުވަތަ 9959907 ނަންބަރާ ގުޅުމަށް ޕޯސްޓުގައު އެދިފައިވެއެވެ.


