ހިޖުރީ އައު އަހަރު ފެށުމާއި ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ހުޅުމާލެ ޓާރމިނަލް މާދަމާ ބަންދުކުރާނެ ކަމަށް އިއުލާނުކޮށްފިއެވެ.
އެމްޕީއެލުން މިރޭ ނެރުނު އިއުލާނުގައި ބުނީ، މާދަމާ 26 ޖޫން 2025 ވާ ބުރާސްފަތި ދުވަހަކީ ހިޖުރީ 1447 ވަނަ އަހަރުގެ މުޙައްރަމް މަހުގެ ފުރަތަމަ ދުވަސް ކަމަށްވާތީ، އެދުވަހު އެމްޕީއެލް އަދި ހުޅުމާލެ ޓާރމިނަލް ބަންދުވާނެ ކަމަށެވެ.
އެމްޕީއެލުން ބުނިގޮތުގައި ޚިދުމަތްތައް އަލުން ފެށޭނީ 27 ޖޫން 2025 ވާ ހުކުރު ދުވަހުގެ ރޭ 11:30 އިން ފެށިގެންނެވެ.
މީގެއިތުރުން އެމްޕީއެލްއިން ވަނީ ހިޖުރީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ އެންމެހާ ފަރާތްތަކަށް އަރިސްކޮށްފައެވެ.



