ޗައިނާގެ އޮންލައިން ވިޔަފާރި ޕްލެޓްފޯމް ޓީމޫއިން އެކަނި ވެސް ތަކެތި ގަންނަން މަހަކު 7 މިލިއަން ޑޮލަރު ދިވެހިން ހަރަދުކުރާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފިއެވެ.
ބީއެމްއެލްއިން ޑެބިޓް ކާޑުތަކަށް ދެމުން އައި 250 ޑޮލަރުގެ ލިމިޓް މާދަމާއިން ފެށިގެން 500 ޑޮލަރަށް ބޮޑުކުރުމަށް ވަނީ ނިންމާފަ އެވެ.
މި ނިންމުމުގެ އިތުރަށް ދިވެހިން އެންމެ ގިނައިން މުދާ ގަންނަ ބޭރުގެ ސައިޓްތަކުން ވިޔަފާރިކުރާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ވެސް ބީއެމްއެލް އިން ވަނީ ނިންމާފަ އެ
ބީއެމްއެލް އިން މި ފީ ނަގަން ނިންމާފައިވާ ސައިޓްތަކުގެ ތެރޭގައި ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނެ އެވެ. އަދި މި ފީ ނަގާނީ ހަމައެކަނި ރުފިޔާ އެކައުންޓްތަކުން ކުރާ ވިޔަފާރިތަކަށް ކަމަށް ބީއެމްއެލުން ބުނެފައިވެ އެވެ.
މި ނިންމުމާ ގުޅިގެން އާންމުންގެ ފަރާތުން ލިބެމުންދާ ފާޑުކިޔުންތަކަށް ޖަވާބުދާރީވަމުން، ބީއެމްއެލްއިން ބުނެފައިވަނީ ބޭރު ގައުމުތަކުން ކުރާ ވިޔަފާރިތަކަށް މަހަކު 45 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭ ކަމަށެވެ.
އަދި އޭގެ ތެރެއިން 75 ޕަސެންޓް ފައިސާ ހޭދަކުރަނީ އޮންލައިން އީ-ކޮމާސް ޕްލެޓްފޯމުތަކަށް ކަމަށް ވެސް ބޭންކުން ފާހަގަކޮށްފައިވެ އެވެ.
ބީއެމްއެލް އިން ވަނީ މި ބަދަލު ގެނެސްފައިވަނީ މުޖުތަމައުގެ ވީހާ ވެސް ގިނަ ބަޔެއްގެ ފައިދާއާއި ހަމަހަމަކަމަށް އިސްކަން ދިނުމަށް ކަމަށް ބުނެފަ އެވެ.



