ރާއްޖޭގައި މިހާރު ހަރަކާތްތެރިވާ ނުވަ ސިޔާސީ ޕާޓީގެ ތެރެއިން އެންމެ ގިނަ މެންބަރުން ތިބީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އީސީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޕީއެންސީގައި 68،665 މެންބަރުން ތިބިއިރު، ދެވަނައަށް އެންމެ ގިނަ މެންބަރުން ތިބީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައެވެ. އެމްޑީޕީގައި ތިބީ 43،765 މެންބަރުންނެވެ.
ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވާ ނުވަ ސިޔާސީ ޕާޓީގެ ތެރެއިން 10،000 މެންބަރުންގެ އަދަދު ހަމަވަނީ އެންމެ ތިން ޕާޓީއެއްގައެވެ.
ޕާޓީތަކުގައި މެމްބަރުން ތިބި އަދަދު
- ޕީޕަލްސް ނެޝަނަލް ކޮންގްރެސް: 68,665
- ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ: 43,765
- ޖުމްހޫރީ ޕާޓީ: 13,456
- ޢަދާލަތު ޕާޓީ: 8,844
- މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް: 9,011
- މޯލްޑިވްސް ނެޝަނަލް ޕާޓީ: 5,836
- ދަ ޑިމޮކްރެޓްސް: 3,547
- ޕީޕަލްސް ނޭޝަނަލް ފްރަންޓް: 3,046
- މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް: 2,272
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން، ކޮންމެ ހަ މަހަކުން އެއްފަހަރު ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދު އިލެކްޝަންސް ކޮމިޝަނުން އާންމުކުރަން ޖެހެއެވެ.




