ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކުރިއަށްގެންދާ ބައެެއް މަޝްރޫއުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކޮށްފިއެވެ.
ހަތަރު ރަށެއްގައި ކުރެވެމުންދާ އެންމެ ފަހުގެ މަސައްކަތުގެ މައުލޫމާތު ހިއްސާ ކުރަމުން އާރްޑީސީން މިއަދު ބުނީ، އދ. މާމިނގިލީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ކުރެވެމުންދަނީ އެރަށުގެ ރަށްދެބައި މަގުގެ ދުވާރުގެ މަސައްކަތް ކަމަށެވެ.
އަދި އެރަށުގެ ޕާކިންގް ސަރަހައްދު ލެވަލް ކުރުމާއި ކޮމްޕެކްޓް ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އާރްޑީސީން ބުންޏެވެ.
އާރްޑީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން މ. މުލަކުގައި ކުރެވެމުންދަނީ އެ ރަށު ސްކޫލްގެ ފުޓްސަލް ގްރައުންޑް އެއްވަރު ކުރުމާއި ބެކް ފްލިންގެ މަސައްކަތް ކަމަށް އެ ކޯޕްރޭޝަނުން ބުނެފައިވެއެވެ.
އާރްޑީސީއިން ބުނިގޮތުގައި، ޅ. ހިންނަވަރުގައި ސަރުކާރުން ކުރިއަށް ގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ކުރެވެމުންދިޔަ އެރަށުގެ އައުޓްޑީ ޖިމް މަސައްކަތް ވަނީ ނިމިފައެވެ.
އަދި ހއ. ދިއްދޫގެ ކައުންސިލްގެ އެދުމުގެ މަތިން އެރަށުގައި އާރްޑީސީން ހަދަމުންދާ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސް ނެގުމަށް ހަދާ ޓްރެކްގެ % 90 ނިމިފައިވާ ކަމަށް އާރްޑީސީއިން ބުންޏެވެ.



