އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް 50 ރުފިޔާއާ ހަމައަށް ރީޗާޖްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހާއްސަ ޕްރޮމޯޝަނެއް ފަށައިފައެވެ.
މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު އަގުހުރި އިނާމުތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.
އުރީދޫން މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގެ މައި އިނާމުގެ ގޮތުގައި ހަމަޖައްސާފައިވަނީ ސެމްސަންގް ގެލެކްސީ އެސް25 އަލްޓްރާއެކެވެ.
ކޮންމެ ހަފްތާއަކު ދޫކުރާ އިނާމުތަކުގެ ތެރޭގައި ސެމްސަންގް ގެލެކްސީ ވޮޗް، އެޕަލް ވޮޗް، ސެމްސަންގް ގެލެކްސީ ބަޑްސް، ވާވޭ ވޮޗް ބަޑްސް، އެޕަލް އެއާޕޮޑްސް، އެކްސްބޮކްސް، ޖޭބީއެލް ވަޔަލެސް ޕޯޓެބަލް ސްޕީކާ އަދި ޝައުމީ ރޮބޮޓް ވެކިއުމް ހިމެނެއެވެ.
އުރީދޫން ބުނީ މިއީ ވަރަށް ފަސޭހަކަމާއެކު އަގުހުރި އިނާމުތަކެއް ހޯދޭނެ ރަނުގެ ފުރުސަތެއް ކަމަށާއި، މި ފުރުސަތުގެ ބޭނުން ހިފުމަށް އެ ކުންފުނިން އެދިފައިވެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އުރީދޫ އެޕް މެދުވެރިކޮށް 50 ރުފިޔާއިން މަތިން ރީޗާޖްކުރުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.


