ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން ޢައްޔަންކުރަން މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ބުނީ، މި ފުރުސަތު ހުޅުވާލީ މިހާރު ތިބި މެންބަރުންގެ ތެރެއިން 3 މެންބަރެއްގެ މުއްދަތު ހަމަވާތީ ކަމަށެވެ.
އެ އޮފީހުން މި ފުރުޞަތު ހުޅުވާލާފައިވަނީ، މިއަދުން ފެށިގެން 2025 ޖުލައި 20 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.




