ބަޔާން މިޔުނިކްގެ ތަރި ޖަމާލް މުސިއާލާ، ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ ކުޅުނު މެޗުގައު ކުޑަ ހުޅަށް ލިބުނު ކުއްލި އަނިޔާގެ ސަބަބުން 5 މަސް ދުވަހަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ.
ޔުނައިޓެޑް ސްޓޭޓްސްގެ މާސީޑީސް ބެންޒް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި މި އަނިޔާ މުސިއާލާއަށް ލިބުނީ މުބާރާތުގެ ކުއާޓާ ފައިނަލްގައި ޕީއެސްޖީ އާ ދެކޮޅަށް ކުޅެނިކޮށެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު، ޕީއެސްޖީގެ ގޯލްކީޕަރު ޖިއަންލުއިގީ ޑޮނަރޫމާ އާއެކު ބޯޅައެއް ހޯދުމަށް ކުރި މަސައްކަތުގެ ތެރޭގައި މުސިއާލާގެ ކުޑަހުޅު ދަށުވުމުގެ ސަބަބުން ވަރަށް ބޮޑަށް އަނިޔާވިއެވެ.
ރިޕޯޓްތަކުން ބުނާ ގޮތުގައި، މުސިއާލާ ކުޑަހުޅުގެ ގިނަ ލިގަމެންޓްތަކަށް ވަނީ ގެއްލުންވެފައެވެ. އޭނާ ހަތަރު ނޫނީ ފަސް މަހަށް ކުޅުމާ ދުރަށްދާން ޖެހޭނެކަމަށް ކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
”މި އަނިޔާ އެހާ ސީރިއަސް ނުވާނެ ކަމަށް އަހަރެން އުންމީދުކުރަން، އޭނާ މިކަމުން އަރައިގަންނާނެ ކަމަށް އުންމީދުކުރުން.“ ބަޔާންގެ ކޯޗު ކޮމްޕަނީ ބުންޏެވެ.
2025-26 ގެ ސީޒަން ފެށޭ މުހިއްމު މެޗުތަކެއް ބަޔާން ކުޅެން ކުރިއަށް ހުރިއިރު މުސިއާލާއަށް ލިބުނު އަނިޔާއަކީ އެޓީމަށް ލިބުނު ބޮޑު ހިތްދަތިކަމެކެވެ.



