ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން ހޯދަން އިއުލާނުކޮށްފައި ވަނީ އެމް.ޑީ މިރު ރަހްމާން، ބަންގްލަދޭޝް (21އ)، ޕާސްޕޯޓް ނަންބަރ :A07370987 އެވެ.
ފުލުހުން މިއަދު ބުނީ، މާފަންނު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މިމީހާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށެވެ.
އެހެންކަމުން ވަނަވަރު ހާމަކޮށް ތަހުގީގަށް ހާޒިރުވުމަށް އޭނާއަށް އާންމުކޮށް އަންގައި އިއުލާނުކުރާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައިގެ ތަހުގީގަށް އޭނާ ހާޒިރު ކުރަނީ ތުހުމަތުކުރެވޭ މައްސަލައެއްގައި ސުވާލުކުރުމަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެހެންކަމުން ފުލުހުން ވަނީ އޭނާއަށް މާފަންނު ޕޮލިސް ސްޓޭޝަނަށް، 2025 ޖުލައި 15 ވަނަ ދުވަހުގެ 11:00 އަށް ހާޒިރުވުމަށް އަންގާފައެވެ.




