ދިރާގުން ގިނަ ގައުމުތަކަކަށް އަގުހެޔޮ އައިޑީޑީ ޕެކޭޖްތަކެއް ތައާރަފްކޮށްފައެވެ.
މި ޕެކޭޖުތަކުގެ އަގު ހުންނާނީ 55 ރުފިޔާއިން ފެށިގެން 125 ރުފިޔާއާ ހަމައަށެވެ.
މި އައު ޕެކޭޖުތަކުގެ ދަށުން ކަސްޓަމަރުންނަށް އިންޓަނޭޝަނަލް މިނެޓްސްގެ އިތުރުން ހިލޭ ޑޭޓާގެ ޚިދުމަތް ލިބިގެންދާނެއެވެ.
މި ޚިދުމަތް ލިބޭ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ބަންގްލަދޭޝް، ސްރީލަންކާ، މެލޭޝިއާ، ތައިލެންޑް، ނޭޕާލް، އޮސްޓްރޭލިއާ، ޗައިނާ އަދި ސައުދީ އަރަބިއްޔާގެ އިތުރުން އެހެނިހެން ގައުމުތައް ހިމެނެއެވެ.
ދިރާގުން މި ޚިދުމަތް ތައާރަފްކޮށްފައިވަނީ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އާއިލާތަކާއި ރަހުމަތްތެރިންނާ ގުޅުން ބަދަހިކުރުމަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި އައު ޕެކޭޖުތައް އެކްޓިވޭޓް ކުރުމަށް ދިރާގުގެ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް އަދި ދިރާގު މައި އެކައުންޓް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ.
ދިރާގުން ފާހަގަކުރި ގޮތުގައި ކަސްޓަމަރުންގެ އެކި ބޭނުންތައް ދެނެގަނެ، އެފަދަ އެކި ޕެކޭޖުތައް އެ ކުންފުނިން ދަނީ ތައާރަފް ކުރަމުންނެވެ.




