އައްޑޫ ސިޓީ ހުޅުމީދޫގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ހުޅުމީދޫގައި ބަޔަކު މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލައެއް ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށާއި އަދި ސީރިއަސް އަނިޔާތަކެއް އެމީހާއަށް ވެފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާވެފައިވަނީ ކުރީގެ ފުލުހަކަށެވެ. ނަމަވެސް މައްސަލައިގައި ބަޔަކު ހައްޔަރުކުރި ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.



