ރާއްޖޭގެ އިޤުތިޞާދީ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރު ޤައުމެއްގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރު ޤައުމެއްގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އަދި އަތުލައިގަނެވުނު އުޅަނދު މިވަގުތު މާލޭ ބަނދަރަށް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ އުޅަނދުގައި ފަސް މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ނަމަވެސް މި އުޅަނދަކީ ކޮން ގައުމެއްގެ އުޅަނދެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
މީގެ ކުރިންވެސް ގަވާއިދާ ޚިލާފަށް އަވަށްޓެެރި އެކި ގައުމުތަކުގެ އުޅަނދުތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ވަނީ މަސްވެރިކަން ކޮށްފައެވެ.
އަދި މިފަދަ އެތަކެއް އުޅަނދުތަކެއް އެމްއެންޑީއެފުން ވަނީ އަތުލައިގެންފައެވެ.


