ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ރަސްމީ ދަތުރުފުޅެއްގައި އައްޑޫ އަށް ވަޑައިގެންފިއެވެ.
ފަސްޓްލޭޑީ އައްޑޫ އަށް ވަޑައިގެންނެވީ ފޭދޫ ސިއްހީ މަރުކަޒުގެ 43 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހާއްސަ ހަފުލާ ޝަރަފުވެރިކޮށް ދެއްވުމަށެވެ.
ފަސްޓްލޭޑީ އައްޑޫ އަށް ވަޑައިގަތުމުން ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުން ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ.

ފަސްޓްލޭޑީ އައްޑޫ އަށް ވަޑައިގެންނެވި މި ދަތުރުފުޅާ ދިމާކޮށް، ޕީއެންސީން އަތޮޅުތަކަށް މިހާރު ކުރަމުން އަންނަ ދަތުރުތަކުގެ ތެރެއިން އެ ޕާޓީގެ އިސް ބޭފުޅުންގެ ޓީމެއް ވެސް އައްޑޫގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.




