އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ހދ. ކުޅުދުއްފުށީގައި މާދަމާ ރޭ ބާއްވަން ނިންމާފައި އޮތް ޖަލްސާ މޫސުން ގޯސް ވުމުގެ ސަބަބުން ހޮނިހިރު ދުވަހަށް ފަސްކޮށްފި އެވެ.
އެމްޑީޕީން ބުނީ ޖަލްސާގައި ބައިވެރިވުމަށް ބާދުޝާހު ބޯޓުން މާލެއިން ކުޅުދުއްފުށްޓަށް ކުރަން ހަމަޖެހިފައިވާ ދަތުރު މޫސުން ތަން ނުދިނުމުގެ ސަބަބުން ފަސްކުރެވިފައިވާ ކަމަށާއި ދަތުރަށް ފުރާ ގަޑި ފަހުން ހާމަކުރޭވެނެ ކަމަށެވެ.
އަދި މޫސުން ތަންދޭނަމަ ހޮނިހިރު ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައި ޖަލްސާ އޮންނާނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ޖަލްސާތަކެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ހާއްސަ ދުވުމެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.



