ސިއްހީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބަޔޯމެޑިކަލް ރިސާޗް ސައިންޓިސްޓް ޑރ. އިބްރާހީމް މުސްތަފާ ނިޔާވެއްޖެއެވެ.
އައްޑޫސިޓީ، ހުޅުދޫއަށް ނިސްބަތްވާ, އުމުރުން 57 އަހަރުގެ ޑރ. އިބްރާހީމް މުސްތަފާ ރޭ ނިޔާވީ, އިންޑިއާގެ ކޮޗިންގައި ފަރުވާ ދެއްވަމުން ގެންދަވަނިކޮށެވެ.
ޑރ. މުސްތަފާ ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު އެވެ.
ޑރ. އިބްރާހީމް މުސްތަފާ ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލޮމްބިއާ އިން ޕީއެޗްޑީ ހެއްދެވީ ޕެތޮލޮޖީ އެންޑް ލެބޯޓްރީ މެޑިސިންގެ ދާއިރާއިންނެވެ. އެގޮތުން ތެލެސީމިއާ ބައްޔާ ގުޅޭ އެކި ކަންކަމުގައި ޑރ. މުސްތަފާ ވަނީ ވަރަށް ގިނަ ދިރާސާތަކެއް ހައްދަވާފަ އެވެ.
ޑރ. އިބްރާހީމް މުސްތަފާ އެންމެފަހުން ހުންނެވީ ޔޫއޭއީގެ ހަޔާ ކޮލެޖް އޮފް ޓެކްނޮލޮޖީގެ އެސިސްޓެންޓް ޕްރޮފެސާ އޮފް ބަޔޯމެޑިކަލް ސައިންސްގެ މަގާމުގައެވެ.




