އިސްލާމިކް މިނިސްޓްރީ އާއި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ގުޅިގެން ކުރިއަށް ގެންދިޔަ ދަަޢުރާ ޢިލްމިއްޔާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އިސްލާމިލް މިނިސްޓްރީ އިން ބުނިގޮތުގައި، ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ދައުރާގެ ދަންފަޅިތައް ނަންގަވައިދެއްވީ ސަޢުދީ ޢަރަބިއްޔާއިން ވަޑައިގެންނެވި ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ބަދުރު ޙަމަދުއް ދައުލީއެވެ.
މި ދައުރާގައި ޢިލްމީ އެކި ކަންކަމާއި ގުޅޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެއްވާފައެވެ. މި ދައުރާގައި ދީނީ ޢިލްމުވެރިންނާއި، ޚަޠީބުންނާއި، އިމާމުން ހިމެނޭހެން 65 ބައިވެރިން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
އިސްލާމިކް މިނިސްޓްރީއާއި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑަންސްއާއި ގުޅިގެން މީގެ ކުރިން އަޤީދާއާއި ގުޅޭ ތިން ދައުރާއެއްް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.



