އދ.މާމިގިލީގައި ހަދަމުން އަންނަ މަގުތަކުގެ އެންމެ ފަހުގެ މައުލޫމާތު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީން) އާންމުކޮށްފިއެވެ.
އާރްޑީސީން ބުނީ، މާމިގިލީ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރެވެމުން އަންނަނީ އެ ރަށުގެ ރަށްދެބައި މަގުގައި ދުވާރުގެ މަސައްކަތް ކަމަށެވެ.
އަދި ހަމަ އެ މަގުގެ ބެކް ފިލިންގގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އާރްޑީސީން ބުންޏެވެ.

މާމިގިލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި 95 މިލިއަން ރުފިޔާއަށެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގެ މަގުތައް ތަރައްގީ ކުރުމަށް އާރްޑީސީން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މިވަގުތުވެސް ނޯތު ރީޖަންގައި ހިމެނޭ ގިނަ ރަށްތަކާއި ސައުތު ރީޖަންގައި ހިމެނޭ ގިނަ ރަށްތަކުގެ މަގުތައް ތަރައްގީ ކުރުމާއި ދުވާރު ރަނގަޅު ކުރުމުގެ ބުރަ މަސައްކަތް އާރްޑީސީން ދަނީ ކުރަމުންނެވެ.



