މާލެއިން މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ގ.ގާރނެޓް، ޙަސަން ޔާމީން (30 އަހަރު) އެވެ.
ފުލުހުން މީޑިއާއަަށް ފޮނުވި މެސެޖުގައި ބުނީ، 2025 ޖުލައި 11 ވަނަ ދުވަހުގެ 21:25 އެހައިކަންހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް 2025 ޖުލައި 14 ވަނަ ދުވަހުގެ 20:30 އެހައިކަންހާއިރު ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން ކަމަށެވެ.
އަދި ޙަސަން ޔާމީންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދިފައިވެއެވެ.




