އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް މާދަމާ އިން ފެށިގެން މި މަހުގެ 24 އަށް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ޑިފެންސް މިނިސްޓްރީން ބުނިގޮތުގައި، މި ތަމްރީންތައް ކުރިއަށް ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން ހަވީރު 17:30 އަށް ހުޅުމާލޭގެ އިރުން ހަތް ނޯޓިކަލް ބޭރުން ކަނޑުމަތީގައެވެ.
އަސްކަރީ ތަމްރީނުތަކުގައި ހަތިޔާރު ބޭނުންކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އެގޮތުން މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރ ދުރުމިނަށް ކަމަށާއި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރު ކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
އެމްއެންޑީއެފްއިން ވަނީ މީގެ އެއްހަފްތާ ކުރިން ހުޅުމާލެ އަދި އދ. މާމިގިލީގައި ވެސް އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް އެ ތަމްރީނުތަކުގައި ހަތިޔާރެއް ބޭނުމެއް ނުކުރެއެވެ.
އެމްއެންޑީއެފް އިން އަސްކަރީ ތަމްރީނުތައް ހިންގުމުގެ ކުރިން އަބަދުވެސް އެކަން އަންގައެވެ.




