ދިވެހި އުފެއްދުންތައް މާކެޓް ކުރުމަށް މި އަހަރުގެ ސެޕްޓެންބަރު މަހު ސްރީ ލަންކާގެ ކޮލޮންބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ’އިންޑަސްޓްރީ އެކްސްޕޯ 2025‘ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސެޕްޓެންބަރު 18 އިން 21 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސްޕޯގައި ދިވެހި އުފެއްދުންތައް އެގްޒިބިޓް ކުރުމާއި، ގަނެ ވިއްކުމުގެ ފުރުޞަތު ދިވެހި ވިޔަފާރިވެރިންނަށް ލިބިގެންދާނެއެވެ.
މި އެކްސްޕޯއަކީ ދިވެހިރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް ބައިނަލްއަޤްވާމީ ފެންވަރެއްގައި އިޝްތިހާރުކޮށް މާކެޓް ކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ. މީގެ ސަބަބުން ދިވެހި އުފެއްދުންތަކަށް ބައިނަލްއަޤްވާމީ މާކެޓްތަކުން ޖާގަ ހޯދުމަށް މަގުފަހިވެގެންދާނެއެވެ.
އެކްސްޕޯގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ރަޖިސްޓްރޭޝަން ފޯމާއި އިތުރު މަޢުލޫމާތު، އެކްސްޕޯ އިންތިޒާމުކުރާ ފަރާތުގެ ރަސްމީ ވެބްސައިޓް idb.gov.lk އިން ލިބެން ހުންނާނެއެވެ.
އަދި އެކްސްޕޯއަށް ރަޖިސްޓަރ ކުރެވޭނީ https://gazette.gov.mv/iulaan/349432 މި ވެބްސައިޓް މެދުވެރިކޮށެވެ.




