މާލޭގައި ހުންނަ އަތަމާ ޕެލަސްގައި ބަހައްޓާފައި ހުރި ޝޯކޭސް ތަޅާލައިފިއެވެ.
ފުލުހުން މިރޭ މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ، މާލެ، މަޖީދީމަގުގައި ހުންނަ އަތަމާ ޕެލަސްގައި ބަހައްޓާފައި ހުންނަ ޝޯކޭސް ތަޅާލާފައިވާ މައްސަލަ މިއަދު 18:34 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.


