ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސި ވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސްއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބޭއްވުނީ ޝާހީ ގަނޑުވަރު ވިންޑްސޯ ކާސަލްގައެވެ.
މި ދަތުރުފުޅަކީ މަތީ ފެންވަރުގެ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސްގެ އިތުރުން ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ޑޭވިޑް ލެމީ އާއި ހައުސް އޮފް ކޮމަންސްގެ ރައީސް ލިންޑްޒޭ ހޮޔިލްއާ ވެސް ބައްދަލު ކުރައްވައި، މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.



