ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް 8 ވަނަ ޓަވަރުން މީހަކު ވެއްޓިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން މީޑިއާއަށް ފޮނުވި މެސެޖުގައި ބުނީ، ހުޅުމާލެ ފޭސް 2، ވިނަރެސް 8 ޓަވަރ އިން މީހަކު ވެއްޓުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ފުލުހުން ބުނީ، ވެއްޓިފައި ވަނީ އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މިހާރު އެމީހާ ހޮސްޕިޓަލަށް ގެންދެވި ފަރުވާ ކުރެވެމުން ދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ، މި ހާދިސާއާ ބެހޭ އިތުރު މަޢުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށެވެ.



