ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް 8 ވަނަ ޓަވަރުން ވެއްޓުނު 18 އަހަރުގެ ޒުވާނާ ނިޔާވެއްޖެއެވެ.
ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް އަށް ވަނަ ޓަވަރުން މީހަކު ވެއްޓުމާ ގުޅިގެން ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ވެއްޓުނު 18 އަހަރުގެ ދިވެހި ފިރިހެން މީހާ އަށް ފަރުވާ ދިނުމަށް ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި، އެ ޒުވާނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެނައިއިރު ވެސް ހަރަކާތެއް ނެތެވެ. އަދި ސީޕީއާރު ދިނުމަށް ފަހު، ހާލަތަށް ބަދަލު ނައުމާ ގުޅިގެން ނިޔާވި ކަމަށް ޑޮކްޓަރުން ވަނީ ކަނޑައަޅާފައެވެ.
އެމީހާ ނިޔާވިކަން ފުލުހުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
އެމީހާ އަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެނައީ ހަވީރު 4:30 ހާއިރެވެ.
ފުލުހުން ގެންދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.



