މޫސުން ގޯސްވެ މުޅި ރާއްޖެއަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓުން މުޅިރާއްޖެއަށް ހުދު ސަމާލު ނެރުނީ މިއަދު ހަވީރު 15:30 އިން ފެށިގެން ރޭގަނޑު 19:30 އަށެވެ. މެޓުން ބުނީ މި ސަމާލުގައި ކަނޑުގަދަވެ އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކުރިން ނެރެފައިވާ ސަމާލުގައި މެޓުން ބުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ.
މީގެއިތުރުން މެޓުން ބުނި ގޮތުގައި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި ފަސް ފޫޓާއި ހަތް ފޫޓުގެ ދެމެދުގައި ހުރިއިރު، ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަ ފޫޓު ހުރުން އެކަށީގެން ވެއެވެ.
އަދި ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އެދިފައެވެ.



