މޫސުން ގޯސްވެ، ހ.އ އަތޮޅުން ފެށިގެން ފ. އަތޮޅަށް ނެރުނު ރީނދޫ ސަމާލު ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ދަންމާލައިފިއެވެ.
މެޓުން އެ އަތޮޅުތަކަށް މިއަދު ހެނދުނު ނެރުނު ރީނދޫ ސަމާލު މެންދުރާއި ހަމައަށް ދަންމާލިއެވެ. އަނެއްކާވެސް މެންދުރުން ފެށިގެން ހަވީރަށް ސަމާލުގެ ވަގުތު އިތުރުކުރިއެވެ. އަދި މިހާރު މެޓް އޮފީހުން ވަނީ މިސަމާލުގެ ވަގުތު މިރޭ 22:00 އާއި ހަމައަށް ދަންމާލާފައެވެ.
މެޓް އޮފީހުން ބުނީ، އެ ވަގުތު ތަކުގައި އެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް މެޓުން ބުނެއެވެ. އެ އިދާރާއިން ބުނީ ކަނޑުތައް ވަރަށް ގަދަވާނެކަމަށެވެ.
މެޓުން ބުނީ އަންނަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެ ސަރަަހައްދަށް ވަރަށް މޫސުން ގޯސްވާނެ ކަމަށާއި، ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވައި ބާރުވެ ކަނޑުތައް ގަދަވެ އަދި ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ބެލެވޭކަމަށެވެ.
މެޓުން އިތުރަށް ބުނިގޮތުގައި ވައިގަދަވާއިރު ވިލާ ގަނޑުގައި އިތުރަށް ގަދަވާނެއެވެ. އަދި ކަނޑުތަކުގެ އިތުރުން ކަނޑު އޮޅިތައް ގަދަވެފައި ވިލާގަނޑު އިތުރަށް ގަދަވާނެއެވެ.



