މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ގޭގެއިން ކުނި ނެގުމުގެ ގަޑިތަކަށް ވަގުތީ ބަދަލުތަކެއް ގެނައުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ނިންމައިފިއެވެ.
މިއަދު އާންމުކުރި އިއުލާނެއްގައި ވެމްކޯއިން ބުނީ، މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން މިއަދު ގޭގެއިން ކުނި ނަގަން ހަމަޖެހިފައިވަނީ މެންދުރުފަހު 2:00 އިން ހަވީރު 6:00 އާ ދެމެދުގެ ވަގުތުތަކުގައި ކަމަށެވެ.
މިއީ އާންމު ދުވަސްތަކުގައި ކުނި ނަގާ ގަޑިތަކާ ތަފާތު ގަޑިތަކެކެވެ.
ޤައުމީ ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ކުނި ނެގުމުގެ ގަޑިތަކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ދިމާވެދާނެ އުނދަގޫތަކަށް ވެމްކޯއިން ވަނީ މަޢާފަށް އެދިފައެވެ.



