އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ން ދީފިއެވެ.
އާރްޑީސީން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރެވެމުން ދަނީ ހަނދުވަރީ ހިނގުމުގައި ކޯނަރ ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ކަމަށެވެ.
އަދި އަމީނީމަގުގައި ސްޓޯރމް ވޯޓަރ ޖަންކްޝަން އާއި ގުޅޭ އެކި މަސައްކަތްވެސް ކުރެވެމުންދާ ކަމަށް އާރްޑީސީން ބުނެފައިވެއެވެ.

އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރެވުނީ 2 އޭޕްރިލް 2023 ގައެވެ. މި މަޝްރޫޢު އާރްޑީސީއާ ހަވާލުކޮށްފައި ވަނީ 102,846,733.89 ރުފިޔާއަށެވެ. އާރްޑީސީން މި މަސައްކަތް ކުރިއަށް ގެންދަނީ ސީއެސްއާރު މަސައްކަތްތަކުގެ ދަށުންނެވެ.
މީގެއިތުރުން އެ ކޯޕަރޭޝަނުން ވަނީ ސީއެސްއާރުގެ ދަށުން މާލެގެ އިތުރުން ރަށްރަށުގައިވެސް އެކި މަސައްކަތް ކޮށްފައެވެ.



