ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.
އެ މީހާ ރައީސްއަށް މަރުގެ އިންޒާރު ދީފައިވަނީ މަސްތުވާތަކެތި އެތެރެކޮށް އަދި ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ރައީސް އެންގެވި ހަބަރާއި ގުޅިގެންނެވެ.
އެ މައްސަލާގައި ހައްޔަރުކުރީ،މަސީހު މޫސާ ،25، އެވެ. އޭނާގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ރައީސްއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ތަހުގީގު ކުރަމުންދާއިރު، ރައީސް މިވަގުތު ހުންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރުގަ އެވެ.



