ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.
މިއަމުރާ ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ / އޭކްޕޫލް، ޔާމީން ނަސީމް (38އ) އެވެ.
ފުލުހުން މިއަދު ބުނީ އޭނާ ހޯދަމުން ދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.
އެއީ ބަންދުގައި ބަހައްޓައިގެން 2025 އޮގަސްޓް 7 ވަނަ ދުވަހުގެ ހެނދުނު 09:45 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
ޔާމީން ނަސީމްއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.



