ލ.ގަމުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލް ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އާރުޑީސީ) އިން ހިއްސާކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން އާރްޑިސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއުގެ ދަށުން މިވަގުތު ކުރިއަށްދަނީ، އެރަށުގެ އިޖުތިމާއީ މަގުގައި ސްޓޯރމް ވޯޓަރ ޖަންކްޝަން ބެހެއްޓުމުގެ މަސަތްކަތްތަކެވެ. މީގެ އިތުރުން ކާރބް ސްޓޯން ޖެހުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.
މި މަޝްރޫއު އާރްޑީސީއާއި ހަވާލުކުރީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.

ގަމުގެ މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމާއި ދުވާރު ހެދުމާއި މަގުތަކުގައި ނިޝާން ހަރުކުރުމާއި ސްޕީޑް ބްރޭކަރު ހެދުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މި މަސައްކަތުގެ އިތުރުން މަގުތަކުގައި ބައްތި ހަރުކުރުމާއި މަގުބައްތިއަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުންވެސް މިމަޝްރޫއުގެ ދަށުން ކުރާނެއެވެ.
ސަތޭކަ ހަތަރު މިލިއަން ރުފިޔާއަށް އާރްޑީސީއާ ހަވާލުކުރި މި މަޝްރޫއުގެ 32 ފަސެންޓް މިހާތަނަށް ނިމިފައިވާ ކަމަށް އާރްޑީސީން ބުންޏެވެ.



