ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހާފިޒުންނަށް ދެމުން އައި 2000 ރުފިޔާގެ އެލަވަންސް 4000 ރުފިޔާއަށް ބޮޑުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިކަން އިއުލާނު ކުރައްވަމުން ވިދާޅުވީ، ޖުލައި މަހުން ފެށިގެން މި އެލަވަންސް ބޮޑުކޮށް، މިއަދު ހާފިޒުންގެ އެކައުންޓްތަކަށް ޖަމާކޮށްދީފައިވާ ކަމަށެވެ.
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހާފިޒުންނަށް ދޭ އެލަވަންސް ދެގުނަކުރަން ވަޒީރުންގެ މަޖިލީހުން ނިންމެވީ ޖޫން މަހުގައެވެ.
ސަރުކާރުން ބުނިގޮތުގައި ހާފިޒުން ތަމްރީނު ކުރުމާއި ދޭ އަހައްމިއްޔަތުކަން އިތުރުކުރުމަކީ ކީރިތި ގުރުއާނަށް އޮންނަ ލޯބި އިތުރުކުރުމުގައި ނުހަނު މުހިއްމު ކަމެކެވެ.
ރައީސް މުއިއްޒުގެ އަމާޒަކީ ކުރިއަށްވުރެ ވެސް ބޮޑަށް ހާފިޒުންގެ އަގުވަޒަންކޮށް، އިސްލާމް ދީނަށް ދިވެހީންގެ ހިތުގައި ލޯބި އުފެއްދުން ކަމަށް ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.



