މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރުނު ހުދު ސަމާލު ހަތަރު ވަނަ ފަހަރަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން ދަންމާލައިފިއެވެ.
މެޓުން މިފަހަރު އެ އަތޮޅުތަކަށް ހުދު ސަމާލު ނެރުނީ އިރުއޮއްސި 19:45 އިން ފެށިގެން މެންދަމު 1:30 އަށެވެ.
މެޓް އޮފީހުން ބުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު މެޓުން ބުނީ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއްރަށްތަަކަށް ގުގުރުންް އެކަށީގެންވާ ކަމަށެވެ.
ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމުގެ މެޓުން ކުރިން ބުނެފައިވެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ހިނގާފާނެ ހާދިސާތަކުން ރައްކާތެރިވުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުންވެސް މިއަދު ވަނީ އިލްތިމާސްކޮށްފަ އެވެ.




