ޅ. ނައިފަރުން ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިއްޖެ އެވެ.
ގެއްލިގެން ހޯދަމުން ގޮސްފައިވަނީ ޅ. ނައިފަރު ސީނިއާގޭ ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް ،15، އެވެ.
ފުލުހުން ބުނީ އެ ކުއްޖާ ނައިފަރުގައި ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހު ކަމަށެވެ. އަދި ފުލުހުން އެ ކުއްޖާ ހޯދަން ފެށީ އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކުރުމާ ގުޅިގެންނެވެ.
ފުލުހުން ބުނީ ނައިފަރު މަގުމަތިން މިރޭގެ ވަގުތެއްގައި އެ ކުއްޖާ ފެނިފައިވާ ކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުންޏެވެ.




