ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިރޭ ރާއްޖެ ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ ހަފްތާގަ އެވެ.
ނުރަސްމީ ދަތުރުފުޅެއްގައި މީގެކުރިން ވެސް ރައީސް ސިންގަޕޫރަށް ވަޑައިގެންފައިވެ އެވެ. އަދި އިނގިރޭސިވިލާތަށް ވެސް މިދިޔަ އަހަރުގެ ފަހުކޮޅު ރައީސް ނުރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ.
މިއީ ނުރަސްމީ ދަތުރުފުޅަކަށްވާތީ ރައީސް މުއިއްޒުގެ މި ދަތުރުފުޅުގެ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.




