ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ބައެއް މަޝްރޫއުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކޮށްފިއެވެ.
މިގޮތުން ހދ. ކުޅުދުއްފުށި ސިޓީގައި އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށް ދަނީ ޖަލާލުއްދީން ސްކޫލްގެ ވޯކްވޭގެ މަސައްކަތް ކަމަށް އާރްޑީސީން ބުންޏެވެ.
އާރްޑީސީން ބުނީ، ގއ. ގެމަނަފުށީގައި އިމާރާތްކުރަން ފަށާފައިވާ މިސްކިތުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށްޓަކައި އިސްލާމިކް މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކުރެވުނު ކަމަށެވެ.
ލ. ގަމުގައި ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން އިޖުތިމާޢީ މަގުގައި ސްޓޯމް ވޯޓަރ ޖަންކްޝަން ބެހެއްޓުމާއި ކާބްސްޓޯން ޖެހުމުގެ މަސައްކަތް ކުރިއަށްދާކަން އާރްޑީސީން ބުނެފައިވެއެވެ.
މީގެއިތުރުން، ދ. ކުޑަހުވަދޫގައި ކުރިއަށްގެންދާ މަސައްކަތަށް ބަލާލާއިރު އެރަށު މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ފުޓްސަލް ގްރައުންޑްގެ ވޯކްވޭގައި ކާބްސްޓޯން ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.




